އިންތިޙާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރާއްޖެ ޓީވީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ، އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި މީޑިއާއަކީ ރާއްޖެ ޓީވީ ކަމަށް ވިދާޅުވެ، އެ ސްޓޭޝަންގެ ޓީމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މީގެ އިތުރުން ރާއްޖެގެ އެންމެ މަޤުބޫލް ޓީވީ ޗެނަލްއަކީ ރާއްޖެ ޓީވީ ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު އެންމެ ފުރަތަ ބަލާލަނީވެސް އެ ޗެނަލް ކަމަށް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅުތަކުގައި މީޑިއާ ބައިވެރި ކުރެއްވި އެވެ. އިބޫ ވަނީ އެ ކަވަރޭޖްތަކުގައި ބައިވެރިވި ނޫސްވެރިންނާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައިފަ އެވެ.
ރައީސް ޞާލިޙްގެ ވާހަކައިގައި ރާއްޖެ ތީވީއަށް ތައުރީފު ކުރެއްވިއެވެ. އަދި މިނިވަން ނޫންވެރިކަމަކީ މާ ކުރިންވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.