ރ. ވާދޫ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ފޮރޮގުރާމް މިއަދު ނިންމާލައިފި އެވެ. މި ޕޮރޮގުރާމަކީ ސްކޫލުގެ މުއައްޒަފުން އިސްވެ ތިބެ، އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕޮރޮގުރާމެކެވެ.
މިއަދުނޫހަށް މައުލޫމާތު ހިއްސާކުރަމުން، ވާދޫ ސުކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވީ، އެ ސްކޫލުގެ 40 ދަރިވަރުން މި ޕޮރޮގުރާމުގައި ބައިވެރިވެ، ކާމިޔާބު ކަމާއެކު ފަތްން ދަސްްކޮށްފައި ވާކަމަށެވެ. މީގެ އިތުރުން ވާދޫ ސިއްޚީ މަރުކަޒާއި، ވާދޫ ޕޮލިސް ޑެސްކުގެ އެހީތެރިކަން މި ކަމުގައި ހާއްސަކޮން ލިބިފައިވާކަމަށް ވިދާޅުވިއެވެ.
ވާދޫ ސުކޫލަކީ މިފަދަ ޕޮރޮގުރާމްތަށް ކޮންމެ އަހަރަކުހެން ކުރިއަށް ގެންދާ ސްކޫލެކެވެ. ވަށައިގެން މޫދާއި ކަނޑު އޮންނަ ޖަޒީރާ ރަށްތަކެއްގައި އުޅޭއިރު ފަތަން އެގުމަކީ މުހިއްމު ކަމެކެވެ.