ސްޕްރީމް ކޯޓުގެ ބަޔާންތަކުގަ ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ސްޕްރީމް ކޯޓުގެ ބަޔާންތަކުގަ ސޮއިކޮށްފި
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ބާޠިލުކުރަން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފިއެވެ.

މިކަމުގައި ކޯލިޝަނުގެ ވަކީލުންގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ދައުވާ ލިބޭ ފަރާތުގެ ހައިޞިއްޔަތުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބަޔާންތަކުގައި ސޮއިކޮށް ނިންމާފައި ކަމަށެވެ.

މުޅި ރާއްޖެ މިހާރު އިންތިޒާރުކުރަމުން ގެންދަނީ ސްޕްރީމް ކޯޓުގެ ޙުކުމަށެވެ. ޙުކުމް ކުރާނެ ދުވަހެއް އަދި ޔަޤީނެއް ނުވެއެވެ. ނަމަވެސް ގިނަ ބައަކު އުންމީދު ކުރަނީ މިރޭގެ ވަގުތެއްގައި ޙުކުމް އިއްވާނެ ކަމަށެވެ. ބައެއް މީހުން ލަފާ ކުރަނީ މެންދަމާއި ކައިރި ވަގުތަކަށްވެސް ވެދާނެ ކަމަށެވެ.

މިއަދު އޮންލައިން