ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް(މެޑަމް ފާތުން) ސައުދީއަށް ވަޑައިގެންނެވުމަށްފަހު އެބުރި މާލެ އައިސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ދަތުރުފުޅުގައި އެކަމަނާ ވަނީ އުމްރާގެ އަޅުކަންވެސް އަދާ ކުރައްވާފައެވެ. އެކަމަނާ ސައުދީއަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި، ހަގު ދަރިކަލުންވެސް ގޮވައިގެންނެވެ.
މެޑަމް ފާތިމަތު އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ޕީޕީއެމްގެ އިސްބޭފުޅުންނާއި ބަޔެއް ވަޒީރުންގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންވެސް ގޮސްތިއްބެވެ.