ރައީސް ޔާމީނުގެ ރިޔާސީ ކެންޕޭނުގެ ދުވަސްވަރު ސީރާއިން ގެންގޮސްފައިވާ ކެއުންތަކުގެ އަގުން 168000 ރުފިޔާ ނުލިބި އޮތްކަން ހާމަވެއްޖެއެވެ.
ސީރާގެ އޮފިޝަލަކާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ މިދިއަ ޖުލައި މަހުން ފެށިގެން މިދިއަ ސެޕްޓެމްބަރު މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމާއި ހަމައަށް އެޗްޑީސީގެ މުވައްޒަފުންނަށް ކެއުންތައް ތައްޔާރު ކުރި ކަމަށާއި ނުލިބިވަނީ މަސް ދުވަހުގެ ފައިސާ ކަމަށެވެ.
ސީރާގެ އޮފިޝަލް ބުނެފައިވަނީ ކާތަކެތި ގެންދިއައީ އެޗްޑީސީގެ ލޮރީތަކުގައި ކަމަށާއި ގެންދިއުމަށްފަހު ވައްދަނީ ކޮންކޮން ތަނަކަށްކަން ނުބަލާ ކަމަށެވެ.
އެހެންކަމުން އެޗްޑީސީ އިން ރައީސް ޔާމީނުގެ ކެންޕޭނުގެ ކެއުމަށް ސީރާއަށް އެކަނި ވެސް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް ލަފާ ކުރެވެއެވެ.
ސީރާ އަކީ އޯޑަރުކުރުމުން ކެއުން ތައްޔާރުކޮށްދޭ ކުންފުންޏެކެވެ. އަދި ބޭނުންވާ ތަންތަނަށް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް ދެމުން ގެންދާ ކުންފުންޏެކެވެ.