ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އިއްޔެ ނައްތާލައިފިއެވެ.
ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށު ޕްރޮސިކިއުޓަރ ޖެނެރަލް އެކުލާވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
އިއްޔެ ނައްތާލާފައިވަނީ 2008 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި، ތަޙުޤީޤު ނިންމާފައިވާ 810 މައްސަލައެއްގައި ހިމެނޭ 3588 ރަބަރު ޕެކެޓާއި 222 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 8 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ 22 ރަބަރު ޕެކެޓާއި 44 ބޭސް ގުޅައާއި 13 ބިޑިއާއި އެހެނިހެން 2143 އައިޓަމެކެވެ. އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 6675.2566 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 219.2935 ގްރާމުގެ ކެނަބިސްއެވެ.