އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ގޮތާއިބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމަށް މަޝްވަރާކޮށްފައިވަނީ މިއަދު މަޖިލިސް ކުރާގޭގައެވެ. މަޝްވަރާގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން އިސްކޮށް ބައިވެރިވެވަޑައިގަތީ ސަރުކާރު ބަދަލު ކުރުމުގެ ކަންކަން އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ޓްރާންސިޝަން ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު އެވެ.