އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ ވިދާޅުވީ އަންނަ މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް ސާލިހް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށާއި އެގޮތަށް މަޖިލީހުގެ ރައީސަށް ލަފާ އަރުވާނެކަމަށެވެ. އަދި އެކަން ނުކުރެވޭނެ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވި ގޮތުގައި 2013 ގައި އޭރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ނުނިމި ދިއުމުގެ ސަބަބުން އެ އަހަރުގެ ނޮވެމްބަރު 11 ގައި އާ ރައީސަށް ހުވާ ނުކުރެއްވުނަސް، އެކަން އެގޮތަށް އަބަދު ދެމިގެންދާން ޖެހޭ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ސްޕްރީމްކޯޓުން ބާތިލުކުރުމާއި އަދި އެކި ސަބަބުތަކާ ހެދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.