އެސްޓީއޯ އިން ބުނެފައިވަނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ 12.09 އަށް ކަމަށާއި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.39 އަށް ކަމަށެވެ. މިއީ ކުރިން ވިއްކަމުން އައި އަގަށްވުރެ ޑީސަލް ލިޓަރަކުން 66 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 42 ލާރި ބޮޑު އަގެކެވެ.
ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދިއުން ހުއްޓުވުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް މިހާރު ގެންދަނީ މަޝްވަރާކުރަމުންނެވެ.