ނޫސްވެރިޔާ ކަޝޯޤީ މަރާލި ކަމުގެ ޒިންމާ ސްއުދީން އުފުލައިފި- ކުރިއަށްހުރި މައްސަލަތައް މާހޫނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ނޫސްވެރިޔާ ކަޝޯޤީ މަރާލި ކަމުގެ ޒިންމާ ސްއުދީން އުފުލައިފި- ކުރިއަށްހުރި މައްސަލަތައް މާހޫނު!


މިމަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދިއަރަބިޔާގެ ކޮންސިޔުލޭޓަށް ދިއަ ސައުދީ ނޫސްވެރިޔާ، ކަޝޯޤީ މަރާލި ކަމުގެ ޒިންމާ ސްއުދީން އުފުލައިފިއެވެ. ސައުދިއަރަބިޔާއިން މިހާރު ބުނަނީ އޭނާ މަރުވީ ކޮންސިޔުލޭޓް ތެރޭގައި ހނގި ދެބަސްވުމެއްގައި އަތުން ބަދަލުކުރެވުނު ހަމަލާއެއްގައި ކަމަށެވެ.

މިކަމާއި ގުޅިވައި ސައުދި ސަރުކާރުން މިހާރު ވަނީ އެތއް ބައަކު ވަޒީފާއިން ވަކިކޮށް އަނެއްބައަކު ސަސްޕެންޑްކޮށްފައެވެ. ސައުދީ ޕީޖީ ބުނެފައިވަނީ 18 މީހަކު ހައްޔަރުވެސްކޮށްފައިވާ ކަމަށާއި އިސް ބައަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިޔާ މަރައިލުމުގެ ކުރިން އިނގިލިތައް ކއނޑިކަމާއި މިނޫންވެސް ބޮޑެތި އަނިޔާތައްކުރިކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ކަޝޯޤީގެ ހަށިގަނޑުގެ އުފުލަން މިހާރު ސައުދިއަރަބިޔާއަށް ޖެހޭނެއެވެ. އެހެންކަމުން ހަށިގަނޑު ދެއްކުމުން ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. ހަށިގަނޑު ދައްކައި ހަޤީޤަތް ހާމަކޮށް ނުދީފިނަމަ ސައުދީން ދައްކާ ވާހަކަ އެއްވެސް ފަރާތަކުން ޤަބޫލެއް ނުކުރާނެއެވެ.
މިއަދު އޮންލައިން