އިސްލާމީ ހިތް ތިރި ވެރިންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ފިލައި ތިބޭ ބައްއް ނޫން: ޝައިޚް ޖައުފަރު ފާއިޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އިސްލާމީ ހިތް ތިރި ވެރިންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ފިލައި ތިބޭ ބައްއް ނޫން: ޝައިޚް ޖައުފަރު ފާއިޒް



އިސްލާމީ ހިތް ތިރި ވެރިންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ފިލައި ތިބޭ ބައެއް ނޫން ކަމަށް ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވެއްޖެއެވެ.

ޝައިޚް ޖައުފަރު ފާއިޒު ވިދާޅުވީ އިސްލާމީ ވެރިންނަކީ ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކުވެސް ބައްދަލު ކުރައްވައި ރައްޔިތުންގެ އަޑު އެއްސެވި ވެރިން ކަމަށެވެ. ރައްޔިތުންނަށް ކުރިމަތިވާ މައްސލަތައް ޙައްލުކޮށް ދެއްވަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވި ވެރިން ކަމަށެވެ.

މިކަމުގެ ހެކި ދައްކަވަމުން ޝައިޚް ޖައުފަރު ފާއިޒު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޚަލީފާ އިން އަދި ޞަޙާބީން ވެރިކަން ކުރެއްވެވި ދުވަސްވަރު ހަށިފާރަވެރިން ނުގެންގުޅުއްވާ ކަމަށާއި މަގުމަތިން ވަޑައިގަންނަވަނިކޮށް ހުއްޓުވައި ރައްޔިތަކު ވާހަކަ ދެއްކި ނަމަވެސް އަޑު އެއްސެވި ކަމަށެވެ. އެމީހެއްގެ ސުވާލުތަކަށް ޖަވާބު ދެއްވެވި ކަމަށެވެ.

މިއަދު މި ސިފަތައް ފެންނަނީ އިސްލާމީ ކޮން ވެރިއެއްގެ ކިބައިންތޯ ވެސް ޝައިޚް ޖަޢުފަރު ފާއިޒް ވަނީ ސުވާލު ކުރައްވައިފައެވެ.

--ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޖައުފަރު ފާއިޒު ދެއްވެވި ދަރުސުން
މިއަދު އޮންލައިން