އިބިލީސް އަންދަން ތިއްބާ ރޭލެއް މަގުން ކައްސާލުމުން ސަރަހައްދުގަ ތިބި 60 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބައަކަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިބިލީސް އަންދަން ތިއްބާ ރޭލެއް މަގުން ކައްސާލުމުން ސަރަހައްދުގަ ތިބި 60 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބައަކަށް އަނިޔާވެއްޖެ


ހިނދޫންގެ ދީނީ އަޅުކަމެއްގެ ތެރެއިން އިބިލީސް އަންދަން ގިނަ ބައަކު އެއްވެ ތިއްބައި ރޭލެއް މަގުން ކައްސާލުމުން ސަރަހައްދުގައި ތިބި 60 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބައަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމީހުން އެއްވެ ތިބީ ރޭލްވޭ ދަނގަޑާއި ކައިރީގައެވެ. އަދި އެވަގުތަކީ "އިބިލީހުގެ ގައިގައި އަލިފާން ރޯކޮށްފައިވާ" ވަގުތުކަމަށްވުމުން ފޯރިއަރާފައި ތިބިވަރުން ރޭލު ކައިރިކަންވެސް ވަނީ ނުއެނގިފައެވެ.

މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އިންޑިއާގެ ޕަންޖާބްގެ އަމްރިސްތާރުގައެވެ.
މިއަދު އޮންލައިން