އިއްޔެވެސް 130އަށްވުރެ ގިނަ ފަލސްޠީނު ރައްޔިތުންގެ ގައަށް ބަޑިޖަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިއްޔެވެސް 130އަށްވުރެ ގިނަ ފަލސްޠީނު ރައްޔިތުންގެ ގައަށް ބަޑިޖަހައިފި


ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރަން ބޭނުންކަމަށް ބުނެ އިއްޔެ ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއަށް ޔަހޫދީ ސިފައިން ބަޑިޖެހުމުން ޒަކަމްވި މީހުންގެ އަދަދު ވަނީ 130 އަށްވުރެ އިތުރުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މީގެތެރޭގައި 25 ކުޑަކުދިންވެސް ހިމެނެއެވެ. ނަމަވެސް ހަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވިކަން އަދި އެނގިފައެއް ނުވެއެވެ.

އިއްޔެއަކީ ފަލަސްޠީނު ރައްޔިތުން، އެމީހުންގެ މިނިވަން ކަމަށާއި ޙައްޤުތައް ހޯދުމަށް ވިދިވިދިގެނަ މުޒާހަރާކުރި 30 ވަނަ ހުކުރު ދުވަހެވެ. މުޒާހަރާކުރާ ކޮނެމެ ދުވަހަކީވެސް ގިނަ ބައަކަށް އަނިޔާ ލިބޭ އަދި އެތައް ބައަކު ޝަހީދުވަމުންދާ ދުވަހެކެވެ.
މިއަދު އޮންލައިން