އެވިޑްކޮެޖުން ދެމުން އަންނަ ހިދުމަތްތަށް މިހާރަސް ވުރެ ފެންވަރު ރަނގަޅު ކުރުމަށް، އެ ކޮލެޖުގެ މުއައްޒިފުންގެ މެދުގައި މަޝްވަރާކުރުމަށް ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
އެވިޑް ކޮލެޖުން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ކެމްޕަސް ގާއިމޮކޮށް، މަތީ ތައުލީމުގެ ހިދުމަތް ދެމުން ދާއިރު އަށް ރަށެއްގައި އައުޓްރީޗް ސެންޓަރުތައްވެސް ގާއިމްކޮށްފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ފެށި މަޝްވަރާ ތަކުގައި ކެމްޕަސް ތަކާއި އައުޓްރީޗް ސެންޓަރުތައްގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. ތިން ދުވަހަށް ބަހާލާފައިވާ މަޝްވަރާ ވޯކްޝޮޕްގައި އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކުރާ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.
މިއަދުނޫހަށް މައުލޫމާތު ދެމުން، އެވިދްކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަބްދު ﷲ ރަޝީދު ވިދާޅުވީ، އެކޮލެޖުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން މި ވޯކްޝޮޕްގެ ތެރޭން މަޝްވަރާކުރެވި، ދެނެގަނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބާރ އިންޓޭކުން ފެށިގެން، މާލެ ކެމްޕަސްގައި ގޫގުލްކުލާސް ޕްލެޓްފޯމް ބޭނުން ކުރަމުން އަންނަ ކަމަށާއި، އަތޮޅު ތެރޭގައިވެސް މި ޕްލެޓްފޯމް ބެނުން ކުރަން ފެށުމަށް ތައްޔާރުވާތީ، މިއަށް އަހުލުވެރިކުރުވަން ތަމްރީންތަށް ހިންގިފައިވާނެ ކަމަށެވެ.
އެވިޑްކޮލެޖަކީ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދޭ އެއް މަރުކަޒުކަން ފާހަގަކޮށްލެވެ.