މާލޭ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮސްލައިފިއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ އިރުއޮއްސި 18:25 ހާއިރުއެވެ.
ބާރު ސްޕީޑެއްގައޮ ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބަންގްލަދޭޝް މީހެއްގެ ގައިގައި ޖެހި ހިނގި މިއެކްސިޑެންޓުގެ ސަބަބުން، ސައިކަލު ދުއްވަން އިން މީހާގެ ބޯފަޅައިގެން ގޮސް އޭނާ ވަގުތުން ހޭނެތުނެވެ.
އެކްސިޑެންޓު ހިނގުމާއެކު އަނިޔާވި ދެމީހުން ވެސް ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެތަނުގެ އެމަޖެންސީގައި ފަރުވާ ދިނެވެ.
މިއެކްސިޑެންޓާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަ އަހުމަދު އައްފާލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެ މިހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާތީ ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި އެދެމީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.