އިސްތިއުފާއެއް ނުދެން، ފެތުރެމުންދަނީ ދޮގު ޚަބަރެއް‍: އަޝްމަލީ

ކިޔުމަށް ހޭދަވާނީ 1މ 1ސ
އިސްތިއުފާއެއް ނުދެން، ފެތުރެމުންދަނީ ދޮގު ޚަބަރެއް‍: އަޝްމަލީ
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޙާބުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޮޑުތަނުން ބަލިވުމާއި ގުޅިގެން، ޕީޕީއެމްގެ ބައެެއް މެމްބަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަޝްމަލީ، އަދާކުރައްވަމުން ދިޔަ މަގާމުތަކުން އިސްތިއުފާ ދެއްވި ކަމަށް ބުނެ ފެތުރެމުންދިޔަ ޚަބަރު އޭނާ ދޮގު ކޮށްފިއެވެ.

މިސަރުކާރުގައި އަޝްމަލީ އަދާކުރައްވާ ހުރިހާ މަގާމަކުން މިއަދު އިސްތިއުފާ ދެއްވައިފިކަމަށް ބުނެ، އޭނާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓަކާއި ގުޅިގެން އޭނާ އިސްތިއުފާ ދެއްވައިފި ކަމަށް ބައެއް މީޑިއާތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

އިސްތިއުފާ ނުދެއްވާކަން ޔަގީން ކޮށްދެއްވަމުން، ވީނިއުސް އާއި ވާހަކަ ދައްކަވަމުން އަޝްމަލީ ވިދާޅުވީ އޭނާ ސަރުކާރުގެ އެއްވެސް މަޤާމަކުން އަދި އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި މިވަގުތު ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވީ ޗުއްޓީއެއްގައި ކަމަށެވެ. އަދި އޭނާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ފޭކު އެކައުންޓެއް ކަމަށް ވެސް އަޝްމަލީ ވިދާޅުވިއެވެ.
މިއަދު އޮންލައިން