ސައުދީ އަރާބިގެ ނޫސްވެރިޔާ ޖަމާލް ހާޝޮގީ ގެ މަރާއި ގުޅިގެން 18 މީހަކު، އެޤައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ތުރުކީގެ ވެރިރަށް އިންޓަންބުލް ގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ހާޝޮގީ އަށް އަނިޔާކޮށް، ރަހުމް ކުދަ ގޮތަކަށް މަރާލި ކަމަށް ސައުދީން ވަނީ އެއްބަސްވެފައެވެ. އަދި އޭނާގެ މަރުގެ މައްސަލައާއި ގުޅިގެން 18 މީހަކު ހައްުޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސައުދީން ހާމަ ކޮށްފައިވާ ގޮތުގައި ހާޝޮގީ މަރުވީ އެތަނުގައި ހިނގި ހަމަނުޖެހުމެއްގައި ތަޅާފޮޅުންގަނޑަކަށްފަހުއެވެ.
ސައުދީގެ އެނޫސްވެރިޔާގެ މަރާއި ގުޅިގެން އެޤަައުމުގެ ސަރުކާރުގެ އިސްމަގާމުތަކެއްގައި ތިބި ފަސް ފަރާތެއް ވަނީ މަގާމުން ވަކިކޮށްފައެވެ. ހާޝޮގީ މަރާލުމުގައި ބައިވެރިވެފައިވަނީ ސައުދީ އަރަބިއާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ އަރިސް ދެ ބޭފުޅުން ކަމުގައިވާ އެޤައުމުގެ އިންޓެލިޖެންސްގެ ޑެޕިއުޓީ ޗީފް އަހުމަދު އަލް-އަސްސީރި އާއި ސައުދު އަލް ޤަހްތާނީ އެވެ. މިދެމީހުންނަށް ވެސް ވަނީ ވަޒީފާއަށް ނިކުތުން މަނާކޮށް، ގޭގައި މަޑުކުރުމަށް އަންގާފައެވެ.