އިންތިޚާބީ ރައީސްގެ ވައުދާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުވާނެ: ރިފްޢަތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިންތިޚާބީ ރައީސްގެ ވައުދާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުވާނެ: ރިފްޢަތު
ފަތުރުވެރިކަން އިޝްތިހާރުކުރަން ދައުލަތުން މިހާރު ކުރާ ހޭދަ 3 ގުނައަށް އިތުރު ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކު 2 މިލިއަނަށް އިތުރުވާނެ ކަމަށް ކެޕިޓަލް ޓްރެވަލް އެންޑް ޓްއާސްގެ ސީއީއޯ ޔޫސުފް ރިފްޢަތު ވިދާޅުވެއްޖެއެވެ.



ރިފްޢަތު ވިދާޅުވީ މިބަދަލާއިއެކު އިންތިޚާބީ ރައީސްގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްޠިޞާދަށް ވެޔޮ ބަދަލެއް އަންނާނެ ކަމަށާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ޔާމީނަށް ކެންޕޭނުކޮށްދޭން ޕީއެސްއެމުން ކުރިއަށް ގެންދިއަ ޕްރޮގްރާމެއްގައި ރާޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޗަންޕާ ޙުސައިން ޢަފީފް ވެސް ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރައްވައިފައެވެ.



ޢަފީފް ވިދާޅުވީ އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން އެއާޕޯޓެއް ތަރައްޤީ ކުރުމުން ނުފުދޭ ކަމަށާއި ފަތުރުވެރިން އަންނަ އަދަދު އިތުރުކުރަން ކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށެވެ. އެކަމަސް ހުރި ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް ފުޅައުކުރަންޖެހޭ ކަމަށެވެ.






މިއަދު އޮންލައިން