ފަރެސްމާތޮޑާ އިންޖީނުގެއިން ދުން ބޭރުވެ، ސްކޫލުގައި ކިޔަވައި ދިނުމަށް ދަތިތަކެއް!

ކިޔުމަށް ހޭދަވާނީ 43ސ
ފަރެސްމާތޮޑާ އިންޖީނުގެއިން ދުން ބޭރުވެ، ސްކޫލުގައި ކިޔަވައި ދިނުމަށް ދަތިތަކެއް!
ފަރެސްމާތޮޑާ އިންޖީނުގެއިން ބޭރުވާ ދުން އެރަށު ސްކޫލަށް ވަންނަމުންދާތީ ކިޔެވުމަށް ދަތިވަމުންދާ ކަމަށް ބައެއް ބެލެނިވެރިން ޝަކުވާ ކުރަން ފަށައިފިއެވެ.

އެރަށުގައި ހިންގާ ހުވަދޫ ސްކޫލާއި އިންޖީނުގެ ހުންނަނީ ވަރަށް ކައިރީގައި ކަމުން އިންޖީނުގެއިން ބޭރުވާ ދުން ސުކޫލުތެރެއަށް ވަދެ، ދަރިވަރުންނަށް އުނދަގޫ ވާކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް ބެލެނިވެރިއަކު މައުލޫމާތު ދިނެވެ.

މީގެ އިތުރުން، ދުމުގެ ސަބަބުން އުނދަގޫ ވަނީ ކިޔަވާ ކުދިންނަށް އެކަނި ނޫން ކަމަށާއި، އެތަނުގެ މުދައްރިސުންގެ އިތުރުން އިތުރު މުއައްޒިފުންނަށް ވެސް އުނދަގޫތަށް ކުރިމަތިވާ ކަމަށް އޭނަ ބުންޏެވެ.

މިދުވަސްވަރަކީ އޯލެވެލް އިމްތިހާން ކުރިއަށްދާ ދުވަސްވަރު ކަމުން ދުމުގެ އަސަރު މާބޮޑަށްކޮށްފާނެތީ އެކަމާ ކަންބޮޑުވުން ދަނީ ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިން ވެސް ފާޅުކުރަމުންނެވެ.

މިއަދު އޮންލައިން