ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް!
ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށްވުރެގިނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1,080,459 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 8.3 އިންސައްތަ އިތުރުވެފައި ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައީ 998،009 ފަތުރުވެރިންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނުންނެވެ. އަދި ތިންވަނަ އަށް އިނގިރޭސިވިލާތުންނެވެ.

މިއަދު އޮންލައިން