އަަލީ ހުސައިން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ތިން އަޑުއެހުމެއް ބާއްވައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމްކުރުމުގެ މަޖިލީސްކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާވަގުތެއްގައެވެ.
ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމުން ހުށައަޅާފައިވާ ދުސްތޫރީ މައްސަލާގައި ހުކުމްކުރުން ލަސްކުރަނީ ކީއްކުރަންތޯ އާއި އަދި ހުކުމް ލަސްކޮށްގެން ފައިދާ ވަނީ ކާކަށްތޯވެސް އަލީ ހުސައިން ވަނީ ސުވާލުކުރައްވާފައެވެ. އަދި "ތިޔަ އުޅުއްވަނީ ކާކުދެކެ ބިރުންތޯ'' ވެސް އަލީ ހުސައިން ވަނީ ސުވާލުކުރައްވާފައެވެ.
Hukum las kuranee keekkuran? Hukum las koggen faidhaavanee kaakah? Kaaku dheketha birun thiya ulhenee? Hukum lasvaa konme dhuvahakee insaafu nulibi lasvaa dhuvaheh.
— Ali Hussain (@AleeVoice) October 18, 2018