ގޭގަ މަސައްކަތް ކުރާ މީހުންނަށް މަގުފަހިކޮށްދޭނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ގޭގަ މަސައްކަތް ކުރާ މީހުންނަށް މަގުފަހިކޮށްދޭނަން: ރައީސް ޞާލިޙް
ގޭގައި ތިބެ މަސައްކަތް ކުރުމަށް ހިއްވަރު ދެއްވާ ކަމަށާއި ގޭގައި ތިބެ މަސައްކަތްކުރާ މީހުންނަށް އެމަނިކުފާނުގެ ސަރުކާރުގައި މަގުފަހިކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ އޮކްޓޯބަރު 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަރނޭޝަނަލް ހޯމް ބޭސްޑް ވާކަރސް ޑޭ ގެ މުނާސަބަތުގައި ގޭގައި ތިބެ މަސައްކަތްކުރާ މީހުންނަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ގޭގައި ތިބެ މަސައްކަތް ކުރާ މީހުން ގެންދަނީ އަޅުގަނޑުމެންގެ މުޖުތަމައުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.








މިއަދު އޮންލައިން