ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންތަކެއް އެތަނުގެ ކުޑަ ކުއްޖަކަށް ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންތަކެއް އެތަނުގެ ކުޑަ ކުއްޖަކަށް ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ
ކުޑަކުދިންގެ ހިޔާގައި ގެންގުޅެމުންދާ އުމުރުން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އިހާނެތިކޮށް ހިތައި ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެކުޑަ ކުއްޖާއާއިމެދު އިހާނެތި ގޮތް ހަދާފައިވަނީ ކުދަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ތިން ފިރިހެނެކެވެ. އެމީހުން ވަނީ އެކުއްޖާ މޫދުގައި އޮއްވާ ގަދަކަމުން އެކުއްޖާ ލައިގެން ހުރި ބޮކްސާ ބާލުވާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ދެ ނާށިގަނޑުން އަންހެނުންގެ ބުރާއެއް ހަދާ އޭތި އެކުޑަ ކުއްޖާގެ މޭމަތީގައި އަޅުވާ، އެއްޗަކަށް އެކުއްޖާ އަރުވައިގެން ވިލިމާލެ ތެރޭގައި ދުއްވި ކަމަށް ވެސް އަޑުފެތުރިފައިވެއެވެ.

ކުޑަކުއްޖާއަށް އެފަދަ ގޯނާތަކެއް ކުރިކަމުގެ މައްސަލަ އެޗްއާރްސީއެމް އަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންނަށް މިމައްސަލަ ހުށަހެޅުމަށް ފަހުވެސް އެތިން ފިރިހެނުން ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންދާތީ، އެކަމާއި ފުލުހުން ކަންބޮޑުވުން ފާޅު ކުރުމުން އެމީހުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާއި ގުޅިގެން ކުޑަކުދިންގެ ހިޔާގެ ބަހެއް ހޯދާލުމަށް ގުޅާލުމުން، އެފަރާތަށް އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށް ބުންޏެވެ. އަދި ފުލުހުންނަށް ވެސް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، މިކަމާމެދު ފުލުހުންގެ ބަހެއް ވެސް ވަނީ ލިބޭގޮތް ވެފައެވެ.

ކުޑަކުއްޖާއަށް ގޯނާ ކުރިކަމަށް ފެތުރެމުންދާ ވާހަކަތައް ބައެއް ފަރާތްތަކުން ދަނީ ދޮގު ކުރަމުންނެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މިވާހަކަތަކަކީ އެތިން މީހުން ފްރޭމް ކުރުމުގެ ގޮތުން ހަދައިގެން ދައްކާ ވާހަކަތަކެކެވެ.
މިއަދު އޮންލައިން