އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ މަސައްކަތަކީ ވަރަށް ބުރަ އަދި ވަރަށް ޒިންމާދާރު މަސައްކަތެކެވެ. މާތް ﷲ ވާގިފުޅާއިއެކު ރާއްޖޭގައި އަދި މިހައިތަނަށް އެކްސިޑެންޓެއް ހިނގައި ގެއްލުމެއް ލިބިފައި ނުވަނީ ަެ މުވައްޒިފުން ޒިންމާދާރުކަމާއިއެކު ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށްވެސް ކުރިމަތިވެފައިވާ އެއް މައްސަލައަކީ އިތުރު ތަމްރީނު ހޯދުމެވެ. ބޭސިކް ހަދައިގެން މަސައްކަތްކުރާ މުވައްޒިފުންނަށް އިތުރު ތަމްރީނު ވަނީ ބޭނުންވެފައެވެ.
ކުރިމަތީގައި އޮތީ ހަމައެކަނި އައު ރަންވޭއެއް ނޫނެވެ. އެތައް ބައިވަރު އައު އެއާޕޯޓްތަކެއް ވަނީ ހުޅުވުމުގެ މަގުމަތީގައެވެ. އެތަންތަނަށްވެސް ތަމްރީނު ލިބިގެންތިބި މުވައްޒިފުންގެ ޚިދުމަތް ބޭނުންވާނެއެވެ.