"ބޮޑު ޙުކުމް" އިއްވުން މިއަދު މެންދުރު 1 ޖަހާއިރަށް ތާވަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
"ބޮޑު ޙުކުމް" އިއްވުން މިއަދު މެންދުރު 1 ޖަހާއިރަށް ތާވަލުކޮށްފި


ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ރައީސް ޔާމީނު ދިވެހިރާއްޖޭގެ ހުށަހެޅުއްވި މއްސަލައިގެ ޙުކުމް އިއްވުން މިއަދު މެންދުރު 1 ޖަހާއިރަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މައްސަލައިގެ އަޑުއެހުންތައް 3 ފަހަރެއްގެ މަތިން ކުރިއަށް ގެންދިއުމަށްފަހު ބަޔާންތަކުގައި ސޮއި ކުރުވައި ބުދަ ދުވަހު ވަނީ ނިންމައިފައެވެ.

މިއަދުގެ ޙުކުމް "ބޮޑު ޙުކުމަށް" ވެފައިވަނީ މުޅި ޤައުމު އެ ޙުކުމަސް އިންތިޒާރު ކުރަމުން ގެންދާތީއެވެ. ސަރުކާރަށް ތާއީދުކުރާ ރައްޔިތުންނާއި ތާއީދު ނުކުރާ ރައްޔިތުންވެސް މިއަދުގެ ޙުކުމަށް އިންތިޒާރު ކުރަމުން ގެންދާތީއެވެ.

މިއަދުގެ ޝަރީޢަތް އަޑު އެހުމަށް މިހާރުވެސް ގިނަ ބައަކު ކިޔޫގައި ޖެހިގެން އެބަތިއްބެވެ.


މައްސަލަ: ދުސްތޫރީ މައްސަލަ
ޤަޟިއްޔާނަމްބަރު: 2018/SC-C/44
ތާރީޚް: 21/10/2018
ގަޑި: 13:00
ދަޢުވާކުރާ: ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މއ. ކާމިނީހުޅަނގުގެ، މާލެ
ދަޢުވާލިބޭ: އިލެކްޝަންސް ކޮމިޝަން، ޕޯރޓްސް ކޮމްޕްލެކްސް / މާލެ
:މައްސަލަ ބައްލަވާ ފަނޑިޔާރުން
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މިއަދު އޮންލައިން