އެތައް ހާސް ރައްޔިތުންގެ އާދޭސް!: ބޮޑު ޙުކުމް އިއްވުން ލައިވްކޮށްލަ ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެތައް ހާސް ރައްޔިތުންގެ އާދޭސް!: ބޮޑު ޙުކުމް އިއްވުން ލައިވްކޮށްލަ ދެއްވާ!

ރިޔާސީ އިންތިޚާބު ބާޠިލުކުރަން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމުން މައްސަލައިގެ އަޑު އެހުންތައް ލައިވްކޮށް ދެއްވުމަށް އެދުމުގައި އިސްކޮށް ތިއްބެވީ ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނެވެ.

ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. މައްސަލައިގައި މިއަދު ބާއްވަވާ ޙުކުމް އިއްވެވުމުގެ ބައްދަލުވުން ނުވަތަ ޝަރީއަތުގެ މަޖިލީސް ލައިވްކޮށްލަ ދެއްވަވާތޯ އާދޭސް ކުރަމުންދަނީ އެތައް ހާސް ރައްޔިތުންނެވެ.

ގިނަ ބައަކު ބުނަނީ ޝަރީއަތުގެ މަޖިލީހަށްފަހު ދެ ފަރާތުގެ ވަކީލުންގެ ބަސްމަގު ކޮންމެ ދުވަހަކުވެސް ތަފާތު ކަމަށެވެ. ކޮންމެ ފަރާތެއްގެ ވަކީލުންވެސް ފާހަގަކުރައްވަނީ އެބައަކު އެންމެ ގަޔާވި ނުވަތަ ކަންބޮޑުވި ކަންކަން ކަމަށެވެ.

މައްސަލަ އަޑުއަހަން ބޭނުންވެގެން ކޮންމެ ދުވަހަކުވެސް ކިޔޫގައި ގިނަ ބައަކު ތިބެއެވެ. 20 ގަޑިއިރުވެސް ވަނީ ކިޔޫގައި ތިބެފައެވެ. ކިޔޫގައި ކިތަންމެ ގިނަ ބައަކު ކިތަންމެ ގިނައިރަކު ކިޔޫގައި ތިބި ނަމަވެސް ކޮންމެ ދުވަހަކުވެސް ފުރުޞަތު ލިބެނީ ޢާންމުންގެ 25 ވަރަކަށް މީހުންނަށެވެ.

ގިނަ ބައެއްގެ ޢާދޭހަކީ މައްސަލައިގައި ޙުކުމް އިއްވަން މިއަދު ބާއްވަވާ ބައްދަލުވުން ލައިވް ކޮށްލް ދެއްވެވުމެވެ. ދައުލަތުގެ މީޑިއާ އިން ނަމަވެސް އެކަން ކޮށްލައި ދެއްވެވުމެވެ.
މިއަދު އޮންލައިން