ކެންސަރު ބަލިމީހެއްގެ ހިތްހަމަޖައްސައިދިނުމަށްޓަކާ 362 ކިލޯމީޓަރުގެ ދަތުރެއްކޮށް ޕިއްޒާއެއް ގެންގޮސްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކެންސަރު ބަލިމީހެއްގެ ހިތްހަމަޖައްސައިދިނުމަށްޓަކާ 362 ކިލޯމީޓަރުގެ ދަތުރެއްކޮށް ޕިއްޒާއެއް ގެންގޮސްދީފި

ކެންސަރު ބަލިމީހެއްގެ ހިތްހަމަޖައްސައިދިނުމަށްޓަކާ 362 ކިލޯމީޓަރު (225މޭލު)ގެ ދުރު ދަތުރެއްކޮށް ޕިއްޒާއެއް ގެންގޮސްދީފިއެވެ.

ރިޗް މޯގަން އާއި އޭނާގެ އަންހެނުންނަކީ އެމެރިކާގެ މިޗެގަންގައި ހިންގާ ސްޓީވްސް ޕިއްޒާގެ ދެ ކަސްޓަމަރުންނެވެ. ސެޕްޓެމަބަރު މަހު ރިޗް މޯގަން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުންވެސް އޭނާ އެންމެ ބޭނުންވި އެއްކަމަކީ އެތަނުގެ ޕިއްޒާއެއް ކެއުމެވެ.



ސްޓީވްސް ޕިއްޒާއަކީ ޢާންމުގޮތެއްގައި ޕިއްޒާ ގެންގޮސްދޭ ތނެއްވެސް ނޫނެވެ. ނަމަވެސް އެތަނުގެ ކަސްޓަމަރުން ބަލިވުން ފަދަ ކަންކަން މެދުވެރިވުމުން ގުޅުން ބޭއްވުމުގެ ގޮތުން ޕިއްޒާ ގެންގޮސްދެއެވެ.

ކަންދިމާވިގޮތުން ރިޗް މޯގަން އެޑިމިޓްކޮށްފައި އޮތީ 362 ކިލޯ މީޓަރު ދުރުގައި އެހެން ސްޓޭޓެއްގައި ހުރި ހޮސްޕިޓަލެއްގައެވެ. އެހެންކަމާއިއެކުގައިވެސް އޭނާގެ ކޯލު ނެގުނު މީހާ ނިންމީ ޑެލިވަރީ ކުރާ މީހަކުވެސް ނުފޮނުވައި އަމިއްލައަށް އެކަން ކުރުމަށެވެ.
މިއަދު އޮންލައިން