ޖަމާލް ކަޝޯޤީގެ ހަށިގަނޑު ނުދައްކާތީ މީޑިއާތަކުގެ ކަންބޮޑުވުން އިތުރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޖަމާލް ކަޝޯޤީގެ ހަށިގަނޑު ނުދައްކާތީ މީޑިއާތަކުގެ ކަންބޮޑުވުން އިތުރުވަނީ!
ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓްގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯޤީގެ ހަށިގަނޑު އަދިވެސް ނުދައްކާތީ ބައިނަލް އަޤްވާމީ މީޑިއާތަކުގެ ކަންބޮޑުވުން އުތުރުވާން ފަށައިފިއެވެ.

ފާހަގަކޮށްލެވޭ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ކޮންސިޔުލޭޓްގައި ހިނގި ތަޅާފޮޅުމެއްގައި މަރުވީ ކަމަށް ސައުދިއަރަބިޔާއިން ބުނުމުން އެއީ މާ މުހިނމުކަމަކަށް ހަދައިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދެއްކުމަކީ މައްސަލައިގެ ޙައްލު ނޫން ކަމަށެވެ. ސައުދީގެ އިއްތުރާފަކީ މައްސަލއިގެ ފެށުން ކަމަށާއި ފުރިހަމަ ތަޙްޤީޤެއް ވަގުތުން ފެށެން ޖެހޭނެ ކަމަށެވެ.



ބައެއް ނޫސަތަކުގައި ބުނެފައިވަނީ ކަޝޯގީ މަރައިލީ ދުރާލައި ރާވައިގެން ކަމަށް ބޮޑެތި ތުހުމަތިތަކެއް ކުރެވިފައިވާއިރު އެ ކަންކަމަށް ޖަވާބެއް ލިބޭނީ ހަށިގަނޑު ފެނިގެން ކަމަށެވެ.

އެމެރިކާގެ އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންވެސް ގެންދަނީ ސުވާލުތައް އުފައްދައި ރައީސް ޓަރަމްޕަށް ފާޑުކިޔަމުންނެވެ. ސެނެޓަރުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. ސައުދިއަރަބިޔާއިން ވަނީ ކުއްލި ގޮތަކަށް އެމެރިކާއަށް 100 މިލިއަން ޑޮލަރު ވެދުންކޮށްފައެވެ.
މިއަދު އޮންލައިން