މިނިވަންކަމުގެ އިޙުސާސް މިއަދު ކުރެވެން ފަށާނެ: ރިޔާޒް ރަޝީދު

ކިޔުމަށް ހޭދަވާނީ 47ސ
މިނިވަންކަމުގެ އިޙުސާސް މިއަދު ކުރެވެން ފަށާނެ: ރިޔާޒް ރަޝީދު
ހުރިހާ ދިވެހިންނަށް މިއަދު މިނިވަންކަމުގެ އިހުސާސް ކުރެވެން ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝިދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ރަހުމަތްފުޅާއެކު މިއަދަކީ ދިވެހިންނަށް އަމާން ދުވަހަކަށް ވާނެ ކަމަށާއި މިނިވަންކަމުގެ އިހުސާސް މިއަދު ކުރެވެން ފަށާނެ ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވުމުން ރިޔާޒް ރަޝީދު ވިދާޅުވީ، އެކަން އެހެން ދިމާވީ އިހުލާސްތެރިން ދޫކޮށް ގޮތް ނޭނގޭ މީހުން ރައީސް ޔާމީން ގާތް ކުރެއްވުމުން ކަމަށެވެ.





މިއަދު އޮންލައިން