ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމަކީ އިންތިޚާބު ދިފާއު ކުރުން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމަކީ އިންތިޚާބު ދިފާއު ކުރުން: މާރިޔާ


އިންތިޚާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ޙައްޤެއް ކަމަށާއި އަދި ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމަކީ އިންތިޚާބު ނުވަތަ ރައްޔިތުންގެ ނިންމުން ދިފާޢުކުރުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލު މާރިޔާ އަޙްމްދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިމޭރުމުން ވިދާޅުވީ ސިފައިން ރައްޔިތުންގެ ޙުކުމް ދިފާއުކުރާނެކަމަށް ބުނެ ސިފައިންގެ ތެރެއަށް ލިޔުންތަކެއް އެޅިކަމުގެ ވާހަކަ މީޑިއާގައި ފެތުރުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އޭނާގެ އެފްބީގައި ސިފައިން ސިޔާސީ ނުވުމަށް ޕޯސްޓެއް ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ސިފައިން ރައްޔިތުންގެ ޙުކުމް ދިފާއުކުރާނެކަމަށް ބުނެ ސިފައިންގެ ތެރެއަށް ލިޔުންތަކެއް އެޅިވާހަކަ މީޑިއާގަ ފެތުރުމުން މިނިސްޓަރު (ޑިފެންސް) އާދަމް ޝަރީފް އެފްބީގަ ސިފައިން ސިޔާސީ ނުވުމަށް ޕޯސްޓް ކުރެއްވި ކަމަށްވޭ. އިންތިޚާބަކީ ސިޔާސީ ކަމެއް ނޫން. އެއީ ރައްޔިތުންގެ ޙައްޤެއް. އެއީ ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމަކީ."

މިއަދު އޮންލައިން