ރައްޔިތުންގެ ނިންމުން ދިފާއު ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ: ރައީސް ނަޝީދު
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ލާފައިވާ ގުޅިގެން ރައްޔިތުންގެ ނިންމުން ދިފާއު ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަގުތަކަށް ނުކުތުމަކީ ކުރަން ފަސޭހަކަމެއް ނޫން ކަމަށާއި ނަމަވެސް ރައްޔިތުން ލާފައިވާ ވޯޓުގައި ނިންމާފައިވާ ނިންމުން ދިފާޢުކުރަން މަގުތަކަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ރައީސް ނަޘީދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން އަންނަނީ ހުކުމް އިއްވަން ތައްޔާރުވަމުން ކަމަށާއި ކޯޓުން އިއްވާނެ ހުކުމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރައްޔިތުންނަށް ގަބޫލުނުކުރެވޭ ވަރުގެ ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުތުން ނޫން ގޮތެއް ދިވެހިންނަށް ނޯންނާނެ ކަމަށެވެ. އިރު މިހާރު ކުރިއަށްދަނީ ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ކަމަށްވާއިރު ރައީސް ނަޝީދު ވިދާޅުވީ މިމަރުހަލާ އަމާންކޮށް ކުރިއަށް ގޮސްދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
މިމޭރުމުން ވިދާޅުވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ މިހާރުވެސް ރައީސް ޔާމީން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް އިންތިޚާބު ބާތިލު ކުރަން މައްސަލަ ހުށައަޅާފައި ކަމަށްވުމުން އެއްވެސް ހާލަތެއްގައި މިކަމަކީ އަމާންކޮށް ކުރިއަށްދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.