ގިނަ ބައަކު ބުނަމުން ގެންދަނީ ފިރިހެނަކު ވިހައިފި ކަމަށް ބުނުން ފަދަ ކަންކަން ކޯޓުތަކުން ބަލައި ނުގަންނާނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ގިނަ ބައަކު ބުނަމުން ގެންދަނީ ފިރިހެނަކު ވިހައިފި ކަމަށް ބުނުން ފަދަ ކަންކަން ކޯޓުތަކުން ބަލައި ނުގަންނާނެ ކަމަށް!
ސްޕްރީމް ކޯޓު ސަރަހައްދަށް އެއްވެ ތިބި ގިނަ ބައަކު ބުނަމުން ގެންދަނީ ފިރިހެނަކު ވިހައިފި ކަމަށް ބުނުން ފަދަ ކަންކަން ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ބަލައި ނުގަންނާނެ ކަމަށާއި ބަލައިގެންފިނަމަ ރައްޔިތުން އެކަން ޤަބޫލު ނުކުރާނެ ކަމަށެވެ.



މިފަދަ މޭރުމުން ބުނަމުން ގެންދަނީ 23 ސެޕްޓެމްބަރުގައި ލީ ވޯޓާއި ގުޅިގެން ކަންބޮޑުވާ މައްސަލަތަކެއް ހުރިކަމަށް ރައީސް ޔާމީނަށް ޤަބޫލުފުޅު ނުކުރެއްވިގެން ކަމަށް ވިދާޅުވެ ސްޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގައި ހުށަހަޅުއްވާފައިވާ ކަންކަމަކީ އިންސާނުންގެ ބުއްދިއަށް ޤަބޫލު ކުރެވޭ ކަންކަން ނޫންކަން ބަޔާންކުރުމުގެ ގޮތުންނެވެ.

ސްޕްރީމް ކޯޓު ސަރަހައްދަށް އެއްވެ ތިބި މީހުންނަށް ބަލާއިރު ޕީޕީއެމްގެ ސްޕޯޓަރުން ނުފެންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ކުޅިބަލަން ބައެއް މީހުން މަޑުކޮށްގެން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ޔާމީނުގެ އެންމެ "ބިޔަ" ޤާނޫނީ ވަކީލު ޢައިޝަތު ޢާޒިމާ ޝުކޫރު މިއަދުގެ އަޑުއެހުމަށް ވަޑައިގެންނެވިތަންވެސް ފެނިފައެއް ނުވެއެވެ.
މިއަދު އޮންލައިން