އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި 2017 ވަނަ އަހަރު ފިޔަޖަހާލާއި، ކިޔެވުމާއި އިތުރު ހަރަކާތްތަކުން ރަންވަނަތަށް ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށްފިއެވެ.
އެގޮތުން ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި، ކިޔަވުމާއި އިތުރު ހަރަކާތްތަކުން ސްކޫލުން ފާހަގަކޮށްކެވުނު، ދަރިވަރުންނަށް ވަނީ ތަށްޓާ، ހަނދާނީ ލިޔުމުގެ އިތުރުން ޓްރޮފީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ރަނގަޅު ނަތީޖާތަކަށް ދަރިވަރުން ވާސިލުކޮށްދިނުމަށް މަސައްކަތް ކުރި ޓީޗަރުންގެ އަގުވަޒަންކޮށް، ޓިޗަރުންނަށްވެސް ވަނީ އެވާޑްދީ، އެ ބޭފުލުންގެ އަގު ވަޒަންކޮށްފައެވެ.
ފާއިތުވި 2017 ވަނަ އަހަރަކީ އަހުމަދިއްޔާ ސްކޫލަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޯލަވެލް އިމްތިހާނުގައި، އެއްވެސް ދަރިވަރަކު ބާކީ ކުރުމެއް ނެތި، އެއްމެ ގިނަ ދަރިވަރުން ބައިވެރިކޮށް ފަހުރުވެރި ނަތީޖާއެއް ގެނެއި ސްކޫލަކީ އަހުމަދިއްދާ އިންޓަރނޭޝަނަލް ސްކޫލުވެވެ. އެގޮތުން އޯލަވެލް އިމްތިހާނުގައި ބައިވެރިވި 218 ދަރިވަރުންގެ 95 އިންސައްތަ ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެ، އޭލެވެލްއަށް ދަތުރުކޮށްލެވެ.އެ ސްކޫލުން އޯލަވެލް އިމްތިހާން ހެދި، ތިން ދަރިވަރަކު ދުނިޔޭގެ ގަދަ ދިހައެއްގައި އަދި 16 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައި ވެއެވެ.
ރާއްޖެގެ އެއްވަނަ ސްކޫލުގެ މަޤާމް ހިފަހައްޓަމުން އަންނަ އަހުމަދިއްޔާ ސްކޫލަށް މިއަހަރު 36 އަހަރު ފުރޭއިރު، މި ސްކޫލަށްވެސް ގޮންޖެހުންތަކެއް ހުރިކަމުގައި ސްކޫލުގެ ޕްރިންސިޕަލް، މުހައްމަދު ރަޝިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑުކަމެއްގެ ގޮތުން އެބޭފުޅާ ފާހަގަކުރެއްވީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމެވެ. ޕްރީސްކޫލުން ފެށިގެން މަތީ ސާނަވީއަށް ކިޔަވައިދޭ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުގައި 3000 އަށް ވުރެ ގިނަ ދަރިވަރުން މިހާރުވެސް ދަނީ ތައުލީމް ހަސިލް ކުރަމުންނެވެ.