ރިޔާސީ އިންތިހާބަށް ފަހުވެސް، މި ރެއާ ހަމައަށް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއަކުން ނުފެންނަ ކަމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު މި މޭރުމުން ޕޯސްޓު ކުރައްވާފައި މިވަނީ، އިންތިޙާބުގެ ނަތީޖާއަށް ނުކުޅުމަށް ބުނެ ލިޔެފައިވާ ކަރުދާސްތަކެއް ސިފައިންގެ ތެރެއަށް އަޅާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ "ދިވެހި ސިފައިންނަކީ ގާނޫން އަސާސީއާއި ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލި ވާންޖެހޭ ބައެއް." ކަމަށެވެ.
މިނިސްޓަރުގެ ވާހައިން ފާހަގަކުރެވުނީ، ދިވެހި ސިފައިން ސިޔާސި ނުވެ، ޤާނޫނުން ލާޒިމްކުރާ މަސްއޫލިއްޔަތުތަށް އަދާކުރުން މަތީ ދެމި ތިބޭނެ ކަމެވެ.