ހުޅުމާލޭގައި ދެލައްކަ ރުފިޔާ ފޭރިގަނެފި!

ކިޔުމަށް ހޭދަވާނީ 31ސ
ހުޅުމާލޭގައި ދެލައްކަ ރުފިޔާ ފޭރިގަނެފި!
ހުޅުމާލޭގައި ހުންނަ ސެންޓްރޯ މޯލްކައިރިން، ބެންކް އޮފް މޯލްޑިވްސް އާ ދިމާލުން ހިނގާފައި ދިޔަ މީހެއް އަތުން ދެލައްކަ ރުފިޔާ ފޭރިގަނެފިއެވެ

މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެލައްކަ ރުފިޔާއަކީ، ހުޅުމާލޭގައި ހުންނަ ''މޯލްޑިވް ގޭސް'' އިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ހުޅުމާލޭ ސެންޓްރޯލް މޯލްގައި ހުރެއެވެ.

މީގެ ކުރިންވެސް އެ ސަރަހައްދުގައި ފޭރުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެފަހަރު ފޭރިފައިވަނީ 100000 ރުފިޔާއެވެ.
މިއަދު އޮންލައިން