ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމާއި ކޮރަޕްޝަނާއި މަނީލޯންޑްރިންގގެ މައްސަލަތަކުގެ ތަޙްޤީޤްތައް މިހާރުން މިހާރަށް ފަށަން ޤާނޫނީ ވަކީލް ޙަސަން ލަޠީފް ގޮވާލައްވައިފި އެވެ.
ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހަށްފަހު ޙަސަން ލަޠީފް ވިދާޅުވީ ރައީސް ޔާމީނަކީ މިވަގުތުވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމުން ރާއްޖެ ދޫކުރައްވައި ފުރާ ވަޑައިގަތުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އެފުރުޞަތު ރައީސް ޔާމީނަށް އަރުވައި ފުރުވާލައިފިނަމަ އެކަމުގައި ބައިވެރިވި ހުރިހާ ފަރާތަކުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
ހަސަން ލަޠީފް ވިދާޅުވީ މި މައްސަލަތަކުގެ ތަޙްޤީޤަށްޓަކައި ރައީސް ޔާމީނަށް ރާއްޖެ ދޫކުރައްވައި ފުރާ ވަޑައި ނުގެންނެވޭ ގޮތަށް ރާޖޭގައި ބަންދުކުރުން ވަރަށް މުހިންމު ކަމަށެވެ.
ސްޕްރީމް ކޯޓު ސަރަހައްދަށް އެއްވި ގިނަ ބައަކު މިއަދު ވެސް ވަނީ ރައީސް ޔާމީނު މިހާރުން މިހާރަށް ހައްޔަރުކުރުމަސް ގޮވާލައިފައެވެ.
ޙަސަން ލަޠީފްގެ ވާހަކަފުޅު (އޯޑިއޯ):