މެންބަރު ފަލާޙް އަމިއްލައަށް ޖަލަށް ދިއުމުގެ ކުރިން ޕީޕީއެމް އުވާލަން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މެންބަރު ފަލާޙް އަމިއްލައަށް ޖަލަށް ދިއުމުގެ ކުރިން ޕީޕީއެމް އުވާލަން ހުށަހަޅައިފި

އިނގުރއިދޫ ދާއިރާގެ މެންބަރު ފަލާޙް އަމިއްލައަށް ޖަލަށް ދިއުމުގެ ކުރިން ޕީޕީއެމް އުވާލަން ހުށަހަޅައިފިއެވެ.

ލީކުވެ ސޯޝަލް މީޑިއާގައި ދައުރުކުރާ ވައިބަރ ޗެޓެއްގައި ފަލާހް ވިދާޅުވެފައިވަނީ "ކަމެއް ރަނގަޅަށް ކުރަންޏާ މިރޭ ޕީޕީއެމްގެ ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން އިލެކްޝަންސްއަށް މާދަން ހުށަހަޅަންވީ" ކަމަށެވެ.

ފަލާޙްގެ މާޔޫސްކަމަށް ހިއްވަރު ދެއްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ "ސްޕްރީމް ކޯޓުގެ މިއަދުގެ ޙުކުމަކުން ޖިނާޢީ ތަޙްޤީޤަށް އޮތް ފުރުޞަތު ބަންދެއް ނުވޭ. އިންތިޚާބާއި ބެހޭ މައްސަލަތައް ޕާޓީގެ ފަރާތުން ޕޮލިހަށް ހުށަހަޅާނެ" ކަމަށެވެ.

ފާހުގެ މިހުށަހެޅުމާއި ގުޅިގެން މެންބަރު ޢަލީ ޝާހް ވިދާޅުވެފައިވަނީ "އަދިވެސް ތަހްޒީބު މުޖުތަމައުގައި މީހުން ޤަބޫލުކުރާ ރިވެތި އުޞޫލުތަކަށް ރުޖޫޢަވުމަށް ޕީޕީއެމްޑީއެފް ގެ ޓީމުން ނުއުޅޭ ކަމަށެވެ. އަދި މިއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ފަލާޙް ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި އޮންނަވާނީ ޖަލުގައި ކަމަށެވެ. އެހެންކަމުން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ފަލާޙް ޖަލުގައި އަމިއްލައަށް ބަންދުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އަމިއްލައަށް އެދިގެން ޖަލުގައި ބަނދުކޮށްދޭ އުޞޫލެއް އަދި ނޯންނާތީ ފަލާޙް އަމިއްލައަށް ޖަލެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.



މިއަދު އޮންލައިން