"ރެހެންދި" ދޯނިން ތެޔޮ ހުސްވެގެން އިންޖީނު ހުއްޓިއްޖެ

ކިޔުމަށް ހޭދަވާނީ 56ސ
"ރެހެންދި"  ދޯނިން  ތެޔޮ ހުސްވެގެން  އިންޖީނު ހުއްޓިއްޖެ
އައްޑޫ ސިޓީގެ ގަމުގެ އިރު ދެކުނުން އެއްނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފިވެއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 16:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެދޯންޏަށް އެހީތެރި ވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަށް މީހުންނާއެކު ދަތުރުކުރި "ރެހެންދި" ނަމަކަށް ކިޔާ 40 ފޫޓްގެ މި ދޯނި އިންޖީނު ހުއްޓިފައި ވަނީ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެގެންނެވެ.

މިހާދިސާގައި އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗް ވަނީ ދޯނި އޮތް އެސަރަހަށްދަށް ގޮސް ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ސ.ފޭދޫއިން އެ ދޯންޏަށް ގެންގޮސްދިނުމުގައި އެހީތެރިވެދީފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މި ދޯނި މިއަދު އިރުއޮއްސި 18:10 ހާއިރު ވަނީ ސަލާމަތްތެރިކަމާއެކު ސ.މަރަދޫއަށް ގެންގޮސްފައެވެ.
މިއަދު އޮންލައިން