ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ޕީޕީއެމަކީ އަބަދުވެސް ކޯޓުތަކުގެ ޙުކުމަށް ފުރިހަމައަށް ތަބައަވާ ޕާޓީއެއް ކަމަށް ވިދާޅުވި ނަމަވެސް ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާއި ގުޅިގެން އެ އަމުރު ބަލައިގަންނަ ކަމަށް ބުނުމަށްފަހު ބޮޑެތި ތުހުމަތުތަކެއް އަޅުވައި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން 2 ފަނޑިޔާރުން ހައްޔަރުކޮށް ހިންގުވާފައި ވަނީ ބޮޑެތި ޖަރީމާ ތަކެއްކަން މައްސަލައިގައި ކްރިމިނަލް ކޯޓުން އެންމެފަހުން ކުރި ޙުކުމުން ވަނީ ސާނިތުވެފައެވެ.
މައްސަލައިގައި ހުރިކަމަށް ބުނި އެއްވެސް ހެއްކެއް ވަނީ އެންމެ ކުޑަ މިނުން ކޯޓަށް ހުށަވެސް ނުއެޅިފައި ކަމާއި 9 މަސް ދުވަސްވީރުވެސް ހުށަ ނުއެޅުނީ އެފަދަ އެއްވެސް ހެއްކެއް ވުޖޫދުގައި ނުވެސް ނެތުމުންކަންވެސް ވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.
އަދުރޭ މިރޭ ވިދާޅުވީ ސްޕްރީމް ކޯޓުގެ ޙުކުމަކީ ލިބުނު އިތުރު ހިއްވަރެއް ކަމަށާއި މުއައްސަސާތަކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޕީޕީއެމަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
އަދުރޭ މިމޭރުމުން ވިދާޅުވި ނަމަވެސް ސްޕްރީމް ކޯޓަށް މައްސަލަ ވެއްދުމަށްފަހު މައްސަލައިގައި ކޮށްފައިވާ ތުހުމަތުތައް ސާބިތު ކުރަން ހުށަހަޅަން ނުލިބުނު ހެއްކެއް ހޯދާނެ ގޮތާއިމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.