ސަލާމްލެއްވެވި ދާވޫދުގެފާނަށް ޚަލީފާކަން ދެއްވެވުމަށްފަހު ﷲ ތަޢާލާ ފުރަތަމަވެސް އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމް ކުރެއްވެވުމަށާއި އަމިއްލަ އެދުންފުޅަށް ތަބަޢަވެވަޑައި ނުގަތުމަށެވެ.
އަމިއްލަ އެދުންފުޅަށް ތަބަޢަވެވަޑައިގެންފިނަމަ ﷲގެ މަގުން އެއްކިބާ ކުރައްވަވައިފާނެ ކަމަށާއި ހަމަކަށަވަރުން ﷲގެ މަގުން އެއްކިބާވާ މީހުން ދަންނަން ޖެހޭނެ ކަމަކީ ހިސާބު ބައްލަވާ ދުވަސް ހަނދާން ނައްތައިލުމުގެ ސަބަބުން ގަދަވެގެންވާ ޢަޛާބު ހުރި ކަމެވެ.
މިކަންކަން ބަޔާންކޮށް ދެއްވެވުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވި ފަރާތްތަކާއި ޙައްޤަކާއި ނުލައި މަރާލެފުފައިވާ މަޤްތޫލުންގެ އިންޞާފު ހޯއްދަވައިދެއްވުމަށް ވަރަށް އަދަބުވެރިކަމާއިއެކު ރައްޔިތުންގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިއަހުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މަޢާފު ނުދެއްވުމަށް ވެސް ގޮވާލައްވާ ކަމަށެވެ.
މިވާހަކަފުޅާއިއެކު ޝައިޚް އިލްޔާސް ޓްވީޓް ކުރައްވާފައިވަނީ ޞާދު ސޫރަތުގެ 26 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ "އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން ބިމުގައި ޚަލީފާއެއް ކަމުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނު ލެއްވެވީމެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމް ކުރައްވަވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢވެވަޑައި ނުގަންނަވާށެވެ! ފަހެ އެއިރުން ކަލޭގެފާނު ﷲގެ މަގުން އެއްކިބާ ކުރައްވަވައިފާނެތެވެ. ހަމަކަށަވަރުން ﷲގެ މަގުން އެއްކިބާވާ މީހުން (ދަންނާށެވެ!) ހިސާބު ބައްލަވާ ދުވަސް ހަނދާން ނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ ޢަޛާބު ހުއްޓެވެ."
Rayyithunge mudhalah khiyanaatherivi faraththakai haggaka nula maralevifaiva magthoolunnah insaafu hoadhava dhevvumah v adhabuverikaeku
— Ilyas Hussain (@ilyaasipa) October 22, 2018
rayyithunge raees onarabal
Ibrahim M. Salih ge arirhun edhen adhi mifadha
jareemathah hingevi evves farathakah maafu nudhevvuma ves govaalan. pic.twitter.com/0LbMsj0W2i