ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
ޕީޕީއެމް 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އެކޮމިޝަނުން މިފަދައިން ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެކޮމިޝަނުގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބާއިމެދު ސުވާލު އުފައްދާ، ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ، އެއްވެ އުޅުމުގެ ޤަވާއިދާ ޚިލާފު އެއްވުންތައް ބާއްވާ، އީސީ ގެ މެމްބަރުންނާއި އިންޓެގްރިޓީ ގެއްލޭފަދަ ކަންތައްތައް ކުރަމުންދާތީ އެކަންތައްތައް ހުއްޓާލުމަށް ކުރިން ވެސް ޕީޕީއެމް އަށް އެންގި ކަމަށެވެ.

ނަމަވެސް އެކަންކަން ހުއްޓާނުލުމުން 75000 ރުފިޔާއިން ޕީޕީއެމް ޖޫރިމަނާ ކުރުމަށް ނިންމެވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން