ޕީޕީއެމުން މެންބަރަކު ވަކިކުރަން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުގަ އޮތް މައްސަލަ ނިމެންދެން ވަކި ނުކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޕީޕީއެމުން މެންބަރަކު ވަކިކުރަން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުގަ އޮތް މައްސަލަ ނިމެންދެން ވަކި ނުކުރަން ނިންމައިފި


ޕީޕީއެމުން މަޖިލިސް މެންބަރަކު ވަކިކުރަން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުގައި މިހާރު އޮތް ލީޑަރޝިޕުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މެންބަރުން ވަކި ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުގެ ރައީސް އަޙްމްދު ޝަރީފް މިއަދު ވިދާޅުވީ މި ގޮތަށް ހަމަޖެއްސީ ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް ވަކިކުރަން ހުށަހަޅައިފާނެ ކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ ސިޓީއަކާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި އިލެކްޝަންސް ކޮމިޝަން ބަދުނާމުކުރަން ކުރިއަށް ގެންދިއަ މުޒާހަރާތައް ހުއްޓާލަން އެންގުމުންވެސް ހުއްޓާނުލައި އެކަންކަން ކޮށްފައިވާތީ އެ ޕާޓީ 75000 ރުފިޔާއިން ޖުރުމަނާކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯޓުގައި މައްސަލަތައް ހުރުމުންނާއިއެކު މިހާރުގެ ޕީޕީއެމާއިއެކު އެއްވެސް މުޢާމަލާތެއް ނުކުރަން ނިންމާފައިވާ ކަމަށެވެ. "އީސީ އިން މިހާރުވެސް ބަލައިގެންފައިވަނީ ރައީސް ޔާމީނަކީ ޕީޕީއެމްގެ މުޝްތަޝާރު ކަމަށް. ރައީސް މައުމޫނުގެ އެދިވަޑައިގަތުމަށް ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫން ވަކިކޮށްފައިވަނީ އިޖުރާތުތަކާއި އެއްގޮތަށްކަން ލީގަލް ޓީމުން ގެންދަނީ ބަލަމުން." ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން