އިބޫ އިންތިހާބު ކާމިޔާބުކުރީ އީސީން ފޭވާއެއް ކޮށްގެން ނޫންކަމަށް އީސީ ޝަރީފް ވިދާޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 42ސ
އިބޫ އިންތިހާބު ކާމިޔާބުކުރީ އީސީން ފޭވާއެއް ކޮށްގެން ނޫންކަމަށް އީސީ ޝަރީފް ވިދާޅުވެއްޖެ!
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙް (އިބޫ) ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ވަކި ފޭވާއެއްކޮށްގެން ނޫން ކަމަށް، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ، މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނޫސްވެރިންނަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން ބޮޑު ތަފާތަކުން ބަލިވެ ވަޑައިގެން، ޕީޕީއެމްގެ ރިޔާޞީ ކެންޑިޑޭޓަށް ޝަރީފް ވަނީ ވާހަކައެއް ދަންނަވާފައެވެ. ޝަރީފު ވިދާޅުވީ، އެ ފަރާތްތަކަށް އިންތިހާބު ގެއްލިގެން ދިޔައީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް، އެއާ ހިލާފަށް ކޮށްގެންނެއް ނޫން ކަމަސެވެ.
މިއަދު އޮންލައިން