ނައިފަރުން މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ނައިފަރުން މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފި
ޅ.ނައިފަރު ޕޮލިސް ސްޓޭޝުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.

ނައިފަރުގައި މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލުމާތަކާއި ގުޅިގެން ހިންގި މި ދެއޮޕަރޭޝަންގެ ތެރެއިން ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ އޮކްޓޫބަރ 16ވަނަ ދުވަހުއެވެ. މިއޮޕަރޭޝަންގައި 24 އަހަރުގެ ފިރހެނަކު ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ނައިފަރު ފަޅު ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޫބަރ 19ވަނަ ދުވަހުވެސް ނައިފަރު ޕޮލިސް ސްޓޭޝަނުން މިވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ އަންހެނެކެވެ. މި 3 މީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް މިމީހުން ތިބި ދިމާ ބިންމަތިން ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.


ޙަބަރު ޕޮލިސް
މިއަދު އޮންލައިން