ފޮއްދޫ ސްކޫލްގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 44ސ
 ފޮއްދޫ ސްކޫލްގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް  ކުރިއަށް ގެންގޮސްފި
އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފޮއްދޫ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ.

ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޮކްޓޫބަރ 17ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ނ.ފޮއްދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ފޮއްދޫގެ ރައްޔިތުންނަކީ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުވުމާއި މަގުމަތީގެ ރީތި އަދަބުތަކުގެ އިތުރުން، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކަށް ރައްކާތެރި ނުވުމުގެ ސަބަބުން ދިމާވެދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން