ޕްލެޓްފޯމްގެ ދަގަނޑުތައް ނެގުމަށް ބްރިޖްގެ ބައެއް ބަންދު ކުރަންޖެހޭ ކަމަށް ސީސީސީސީ އިން ބުނެފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޕްލެޓްފޯމްގެ ދަގަނޑުތައް ނެގުމަށް ބްރިޖްގެ ބައެއް ބަންދު ކުރަންޖެހޭ ކަމަށް ސީސީސީސީ އިން ބުނެފި!
ސިނަމާލެ ބްރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބްރިޖުގެ ބައެއް ބަންދު ކުރަންޖެހޭ ކަމަށް، ބްރިޖުގެ މަސައްކަތް ކުރި އަދި މައިންޓެނެންސް މަސައްކަތުގައި އުޅޭ ޗައިނާގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނީގެ ފަރާތުން ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ ވިދާޅުވީ ބްރިޖުގެ ހެދުމަށްޓަކައި ހަދާފައި ހުރި ޕްލެޓްފޯމް ނުވަތަ ވަގުތީ ބްރިޖް މިހާރު ވަނީ ރޫޅާލާފައިވާ ކަމަށާއި، ނަމަވެސް ޕްލެޓްފޯމުގެ 61 ދަގަނޑު ހޮޅި މާލޭ ސަރަހައްދުގައި މިހާރު ވެސް ނުނެގި ހުރިކަމަށެވެ. އަދި މި ތަކެތި ނެގުމަށް ބްރިޖުގެ އުތުރު ފަރާތުގެ ލޭނުތައް ބޭނުން ކުރަންޖެހޭތި އެތަން ބަންދު ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ލޭން ބަނދު ކުރުމުގެ ހުއްދައަކަށް ކަމާބެހޭ ފަރާތްތަކުން އެދިފައި ވީނަމަވެސް ހުއްދަ އަދި ނުލިބޭކަމަށް ވާންގް ވިދާޅުވިއެވެ.

މިއަދު އޮންލައިން