ރައްޔިތުންގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންވަނީ މަޖިލީހުގެ އައު ރައީސްގެ ކުރިފުޅުމަތީގަ: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރައްޔިތުންގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންވަނީ މަޖިލީހުގެ އައު ރައީސްގެ ކުރިފުޅުމަތީގަ: ޢަބްދުﷲ ރިޔާޟް
ރައްޔިތުންގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސްުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންވަނީ މަޖިލީހުގެ އައު ރައީސްގެ ކުރިފުޅުމަތީގައި ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާފް ވިދާޅުވެއްޖެއެވެ.

ރިޔާޟް ރޭ ވިދާޅުވީ ސްޕްރީމް ކޯޓުން އަދި ނުނިންމައި އޮތް 8 މެންބަރުންގެ މައްސަލަ ނިންމައިދޭތާ 24 ގަޑިއިރު ތެރޭގައި މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. "މަޖިލީހުގެ މަސައްކަތްތައް ބާރުސްޕީޑްގައި ކުރިއަށް ގެންގޮސް މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ނިމި މަޖިލިސް ރަނގަޅަށް ހިނގައިގަންނާނެ."

ރިޔާޟް ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ މަސައްކަތްތައް އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ފަށަން ޖެހޭނެ ކަމަށާއި ނަމަވެސް މަޖިލިސް ހުއްޓުވާފައި ވަނީ، ރައީސް ޔާމީންގެ އެންގެވާއި އެއްގޮތަށް ޤަވައިދުތަކާއި ޚިލާފަށް ކަމަށެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ރައީސް ޔާމީނުގެ އެންގެވުމަށް މަޖިލިސް ހިސޯރުކުރައްވައިގެން އަބުދުﷲ މަސީހު މިއަދުވެސް ހުންނެވިއިރު، ދެންވެސް ހަމަ އެންމެ ރަނގަޅު ގޮތަކީ ގަދަބާރުން މަސީހު އެ ހުންނަވާ މަޤާމުން ރީތި ގޮތުގައި އިސްތިއުފާދެއްވުން ކަމަށެވެ.

ަބްދުﷲ ރިޔާޟް ވިދާޅުވީ އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށާއި މަސީހު އިސްތިއުފާ ނުދެއްވައިފިނަމަ، އެ މަގާމުން ދުރުކުރުމަށްޓަކައި، އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. "އެކަމަށް ބޭނުންވާ ޕެޓިޝަން ތައްޔާރު ކުރަމުންމިގެންދަނީ. ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުންވެސް ފެށިގެންދާނެ. އެކަމަށް ޕީޕީއެމްގެ ބައެއް މެންބަރުން މަޖިލީހުގެ ތެރެއިންވެސް އެއްބާރުލުން ދެއްވުމަށް މިހާރުވެސް ތައްޔާރަށް އެބަތިއްބެވި." ކަމަށްވެސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.




މިއަދު އޮންލައިން