ބްރިޖު ހިމަނޭ ސަރަހައްދު މޫދުތެރެ އަށް އެޅިފައި ހުރި، ބްރިޖު ހަދަން ބޭނުން ކުރި ދަގަނޑު ހޮޅިތަކާއި އެ ނޫން ވެސް ކުނިބުނި އެއްކޮށް ސާފު ކުރާނެ ކަމަށް، ސިނަމާލެ ބްރިޖު ހެދި އަދި މެއިންޓެއިން ކުރަމުން އަންނަ ޗައިނާގެ ކުންފުނި، ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންބުނެފި އެވެ.
އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖާ ވޮންގް ޗާއޯ މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން އިއުލަން ކުރައްވާފައެވެ.
ވަންގް ޗާއޯ ވިދާޅުވީ ''ކޮންސްޓްރަކްޝަނުގައި ބޭނުން ކުރި ބައެއް ސާމާނު ކަނޑު އަޑީގައި ހުރުމަކީ މިފަދަ މަސައްކަތްތަކުގައި އާންމު ކަމެއް ކަމަށާއި ކަނޑަށް އެޅޭ ތަކެތި މަދު ކުރުމަށް، ބްރިޖު ހެދުމުގެ މަސައްކަތުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ. ނަމަވެސް އެކަން މުޅިން ހުއްޓުމަކީ ކުރެވޭނެ ކަމަކަށް ނުވި ކަމަށް ވޮންގް މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.