ވަކީލު ކަމުން އަލީ ހުސެއިން ސަސްޕެންޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ވަކީލު ކަމުން އަލީ ހުސެއިން ސަސްޕެންޑު ކޮށްފި
ޤަނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިފައިން ނިންމެވިކަން އިއުލާން ކުރައްވާ މޯލްޑިވްސް ޖުޑިޝަރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަލީ ޙުސެއިން ސަސްޕެންޑު ކޮށްފައިވަނީ "ގޮނޑިއާއިމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނޯންނާނެ- އަލީ ހުސެއިން" މިސުރުޙީގެ ދަށުން ވީނިއުސް ގައި ޝާއިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން، އަލީ ހުސެއިނާއި ސުވާލުކޮށް އޭނާ ދިން ބަޔާނަށް ރިޢާޔަތް ކޮށްފައި ކަމަށެވެ.

"އަލީ ޙުސެއިންގެ މިޢަމަލަކީ 'ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދު' ގެ 3.2 ގެ (ހ)، (ނ)، (ރ) އާއި ޚިލާފު ޢަމަލަކަށްވާތީ، އެޤަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤަނޫނީ ވަކީލު ބ. ކެންދޫ/ މުނިޔާގެ އަލީ ޙުސެއިން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން 22 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން 5 މަސް ދުވަހުގެ މުއްދަތަށް މަނާ ކުރުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފަ" ސަސްޕެންޑު ކުރިކަން އިއުލާން ކުރައްވާފައިވާ ލިޔުމުގައިވެއެވެ.
މިއަދު އޮންލައިން