ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
އެގޮތުން މެމްބަރު އިލްހާމް ގެ މައްސަލަ ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހެނދުނު 10:00 ގައެވެ. އަދި އެމްޕީ ސައުދުﷲ ގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެންދުރު 13:00 ގައެވެ.
މާދަމާ ބޭއްވޭ މިޝަރީއަތަކީ މިދެބޭފުޅުންގެ ގޮނޑީގެ މައްސަލައިގައި ބާއްވާ ފުރަތަމަ އަޑުއެހުމަށްވީ ނަމަވެސް، ކުރިން ކުރިއަށް ގެންދިޔަ މިފަދަ އަޑުއެހުންތަކަށް ބަލާއިރު މާދަމާ މި ދެ ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާނެ ކަމަށް ވެސް ބެލެވެއެވެ.